މާލެއިން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި މުދާއުފުލާ ބޯޓެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން މިއަދު "ވަން" އަށް ބުނީ، މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ފަރެސްމާތޮޑާއަށް ދަތުރުކުރި "ރޯޝަނީ" ބޯޓު ފަރަށް އެރި ކަމަށް ރިޕޯޓު ކުރީ ރޭ 10:35 ހާއިރު ކަމަށެވެ.
އެ ބޯޓުން 16 މީހުން ދަތުރު ކުރި ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
"ރޯޝަނީ" ބޯޓް ފަރަށް އެރުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުންނާއެކު ބޯޓުގެ ފަޅުވެރިން ކުރި މަސައްކަތުން މިއަދު ހެނދުނު 11:10 ހާއިރު ބޯޓު ފުންކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު