އައިފޯނުގެ އެލާމް އަށް ދިމާވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޕަލް ކުންފުނިން އުފައްދާ އައިފޯނުގެ އެލާމް އަށް ދިމާވާ މައްސަލަ ފެންމަތިވުމާއެކު އެމައްސަލަ ހައްލުކުރުމަށް އެކުންފުނިން ވަނީ މައްސަލަ ދިމާވާ ސަބަބު ދިރާސާކޮށް ޓެކްނިކަލް ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށައިފައެވެ.

އައިފޯން ބޭނުންކުރާ ގިނަ ބަޔަކަށް ވަނީ އެލާމް ކުރި ނަމަވެސް އެލާމްގެ އަޑު ނުއިވޭ ކަމުގެ ޝަކުވާތައް ކޮށްފައެވެ.

އެޕަލް އިން ވަނީ އެމައްސަލަ ދިމާވާނީ އައިފޯނުގެ ކޮން މޮޑެލްއެއްގައި ތޯ ބެލުމުގެ މަސައްކަތް ވެސް އެކުންފުނިން ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އައިފޯން ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އެމައްސަލަ ފެންމަތިވެފައިވަނީ ކިހާ އަދަދެއްގެ ބަޔަކަށް ކަމެއް އެޕަލް އިން ހާމަކޮށްފައެއް ނުވެއެވެ.