ވަޓްސްއެޕް ބޭނުންކޮށްގެން ސްކޭމް ޖެއްސި ބަޔަކު ސްޕެއިން އިން އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ.
ސްޕެއިންގެ ފުލުހުން ބުނާ ގޮތުން، އެ ސްކޭމްއާ ގުޅިގެން މިދިޔަ ފެބްރުއަރީ އިން ފެށިގެން ފަށާފައިވާ އޮޕަރޭޝަންގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ޝަރީއަތް ފަށާފައިވާއިރު، ތަހުގީގަށް އިތުރަށް ލިބޭ މައުލޫމާތުތަކަށް ބަލައި ހައްޔަރުކުރަންޖެހޭ އެންމެން ހައްޔަރު ކުރާނެ ކަމަށް ސްޕެއިންގެ ފުލުހުން ބުނެއެވެ.
ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުން، އެ މީހުންގެ މައްޗަށް ފްރޯޑް ހިންގުމާއި މަނީ ލޯންޑްރިންގެ އިތުރުން ޖިނާއީ ކުށްތަކަށް ތަކުރާރުކޮށް އަރައިގަތުން ފަދަ ދައުވާތައް ކޮށްފައިވެއެވެ.
ސްޕެއިންގެ ފުލުހުން ބުނީ، އެ ސްކޭމްގައި 800 އާއި 50،000 އާއި ދެމެދުގެ ޔޫރޯގެ މުއާމަލާތްތައް ހިންގައި އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށެވެ. އަދި އެ ސްކޭމްގައި 238 މީހުން ޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ