ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހުންނެވި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު، އަހުމަދު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.
ނަސީރު، ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު 12 ގައެވެ. އެ މަގާމަކީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ނަސީރު ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށެވެ. އެ ބަދަލު ގެނައީ މިދިޔަ ހަފުތާގައިކަންވެސް އެނގިފައިވެއެވެ. ނަސީރު މިހާރު ވަނީ ވަޒީފާއަށް ނުކުންނަވަންވެސް ފައްޓަވައިފައެވެ.
އެ ބަދަލާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ހޯދުމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދަށް "ވަން" އަށް ގުޅުމުން ވިދާޅުވީ، އެކަން ސާފުކުރުމަށް ފަހު މައުލޫމާތު ހިއްސާކޮށްދޭނެ ކަމަށެވެ.
ނަސީރުގެ އިތުރުން ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ދެން އައްޔަން ކުރެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު