ދ. ކުޑަހުވަދޫގައި އަލަށް ހަދާ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރުތެރޭގައި ފެށޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ހޮސްޕިޓަލާ ގުޅޭ ގޮތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ ކުޑަހުވަދޫގައި ހަދާ ހޮސްޕިޓަލުގެ އާ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ހަލީލު ވިދާޅުވީ، ދ. ކުޑަހުވަދޫއަކީ އާބަން ސެންޓަރެއްގެ ގޮތުގައި މި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ރަށެއް ކަމަށާއި އެހެންކަމުން އެ ރަށުގެ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.
އެ މަސައްކަތުުގެ ދަށުން މި އަހަރު ތެރޭގައި ހޮސްޕިޓަލްގެ މަސައްކަތް ފެށޭނެ ކަމަށާއި ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިމުގެ ކަންތައްވެސް މިހާރު ހައްލުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު