ބަންގްލަދޭޝްގައި ހޫނުގަދަވުމުގެ ސަބަބުން ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފިއެވެ.
ބަންގްލަދޭޝްގައި މިދިޔަ ހަފުތާގައި ހޫނު ގަދަވުމުގެ ސަބަބުން ސްކޫލުތައް ބަންދުކުރުމަށްފަހު މިދިޔަ އާދިއްތަ ދުވަހު ސްކޫލްތައް އަލުން ހުޅުވައި ކިޔަވައިދޭން ވަނީ ފަށައިފައެވެ.
ނަމަވެސް އެ ގައުމުގެ އިހުސާސް ކުރެވޭ ހޫނުމިން 43 ޑިގްރީ ސެލްސިއަސް އިން މައްޗަށް އެރުމުން ސްކޫލްތައް އަނެއްކާވެސް ވަނީ ބަންދުކޮށްފައެވެ.
އޮފިޝަލުން ވަނީ ހޫނު ގަދަވުމުގެ ސަބަބުން ގިނަ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ގެންދިއުމަށް ދެކޮޅު ހަދާ ކަމަށާއި ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ނިސްބަތް ބޮޑުތަނުން ދަށްވެފައިވާ ކަމަށްވެސް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ