ޓައިޓޭނިކުން ފެނުނު ގަޑިއެއް 1.1 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

ޓައިޓޭނިކުން ދަތުރު ކުރި އެންމެ މުއްސަނދި މީހާ ބޭނުންކުރިކަމަށް ބުނާ، އެ ގަޑިއަކީ ރަން ގަޑިއެއް ކަމަށާއި އެ ގަޑި 1.1 މިލިއަން ޑޮލަރަށް ވިއްކާލާފައި ވަނީ ނީލަމުގައި ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ވިޔަފާރިވެރިޔާ ޖޯން ޖަކޯބް ޓައިޓޭނިކްގެ އެންމެ ފަހު ދަތުރުގައި ބޭނުން ކުރިކަމަށް ބުނާ އެ ގަޑި ނީލަމުގައި ވިކޭނެ ކަމަށް ފުރަތަމަ ބެލެވިފައި ވަނީ 180،000 ޑޮލަރަށް ކަމަށް އޮފިޝަލުން ބުނެއެވެ.

މީގެ ކުރިން ޓައިޓޭނިކްގެ އަގު ބޮޑު އެއްޗަކަށް ވިކިފައި ވަނީ ވަޔޮލިން އެކެވެ. ނަމަވެސް މިފަހަރު ނީލަމުގައި ވިއްކާލި ގަޑިއަކީ މިހާތަނަށް ޓައިޓޭނިކްގެ އެންމެ އަގުބޮޑުކޮށް ނީލަމުގައި ވިއްކާލި އެތި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އިނގެރޭސިވިލާތަށް ނިސްބަތްވާ ޓައިޓޭނިކް އަޑިޔަށް ގޮސްފައިވަނީ 1912 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އައިސްބާގެއްގައި ޖެހިގެންނެވެ.