ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު ރަޝިޔާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރ ހައްޔަރުކޮށްފިއެވެ.

ރަޝިޔާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ޓައިމޫރު އިވަނޯވްގެ މައްޗަށް ވަނީ 10،800 އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމުގެ މައްސަލައެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ބުދަ ދުވަހު ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ ކޯޓަށް އިވަނޯވް ހާޒިރުކޮށް އަޑުއެހުން ބޭއްވި އިރު، އޭނާ ހުރީ މިލިޓަރު ރަސްމީ ޔުނީފޯމުގައި ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ މަސައްކަތެއް އެގައުމުގެ ގުރޫޕަކަށް ދިނުމުގައި ކޮރަޕްޝަން ހިމެނި ރިޝްވަތު ނަގާވައިވާ ކަމަށް ކޯޓުން ބުނާ އިރު، އެ މައްސަލަ އިވަނޯވްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، 15 އަހަރުގެ ޖަލުގެ ހުކުމެއް އޭނާއަށް އިއްވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު ރަޝިޔާގެ ފުލުހުން ވަނީ އިވަނޯވް ހައްޔަރުކޮށް ގޭ ބަންދުގައި ބަހައްޓައިފައެވެ.