ކުރިން އާޖެންޓީނާ ގައުމީ ޓީމަށް ކުޅެ، މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި ވެސްޓް ހަމްއަށްވެސް ކުޅުނު ކާލޮސް ޓެވޭޒަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފަށައިފިއެވެ.
ޓެވޭޒް އިއްޔެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އޭނާގެ އުފަން، އާޖެންޓީނާގެ ބުއެނޯސް އެއިރޭސް ގައެވެ. އުމުރުން 40 އަހަރުގެ ޓެވޭޒްއަކީ މިހާރު އާޖެންޓީނާގެ އެއްވަނަ ޑިވިޝަންގެ އިންޑިޕެންޑިއެންޓޭގެ ހެޑް ކޯޗެވެ.
ޓެވޭޒްގެ ހާލަތާ ގުޅޭ ގޮތުން އިންޑިޕެންޑިއެންޓޭ އިން ބުނެފައި ވަނީ ޓެވޭޒް ގެންދިޔައީ މެޔަށް ތަދެއް އަރައިގެން ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ ސެން އިސިޑްރޯގެ ޓްރިނިޑާޑް ހޮސްޕިޓަލުގައި ކަމަށެވެ. އަދި ޓެވޭޒްގެ ހާލަތު މި ވަގުތު "ފުދޭވަރަކަށް" ރަނގަޅު ކަމަށާއި މި ވަގުތު ބާއްވަފައި އޮތީ ރައްކާތެރިކަމަށް ބަލައިގެން ކަމަށްވެސް ބުނެފައިވެއެވެ.
ޓެވޭޒް ކުޅުންތެރިއެއްގެ ގޮތުގައި އާޖެންޓީނާ ގައުމީ ޓީމަށް 76 މެޗު ކުޅެފައިވެއެވެ. އެއީ 2004 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށެވެ. އޭނާ އިންޑިޕެންޑިއެންޓޭގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ.
ޕްރިމިއާ ލީގުގައި 2006 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ކުޅެފައިވާ ޓެވޭޒް ވަނީ ޕްރިމިއާ ލީގުގައި 84 ގޯލު ޖަހައިފައެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ދެފަހަރަށް ލީގު ނަގައި، ސިޓީއާއެކުވެސް ތަށި ނަގައިފައެވެ. ޓެވޭޒް އެންމެފަހުން ކުޅެފައި ވަނީ ބޮކަ ޖޫނިއާސްއަށެވެ. އެއީ އޭނާގެ ހޯމް ކްލަބެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު