ނައިފަރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވައި، އެ ގޮނޑި ކާމިޔާބު ކުރެއްވި ޔާސީން އަބުދުﷲ، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
މިހާރު ވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ޅ. އަތޮޅު ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ޔާސީން އަމިއްލަގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު ހައްސާން އަލިފުޅު (ބާސް) އާ ވާދަކުރައްވައިގެންނެވެ. ހައްސާން އަލިފުޅަކީ ރައީސް މުއިއްޒު ތާއީދު ކުރެއްވި ކެންޑިޑޭޓެވެ.
ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިއަދު ވިދާޅުވީ ޔާސީން، ޕީއެންސީއަށް ސޮއިކުރައްވާފައިވާ ކަމަށާއި އޭނާ ޕީއެންސީއަށް ސޮއިކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
- ޔާސީންއަށް ލިބިވަޑައިގަތީ 1،038 ވޯޓު
- އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ޔާސިރަށް ލިބިވަޑައިގަތީ 905 ވޯޓު
- ޕީއެންސީގެ ކެންޑިޑޭޓު ހައްސާނަށް ލިބިވަޑައިގަތީ 880 ވޯޓު
ނައިފަރު ފާހަގަވެފައިވަނީ ޕީޕީއެމް-ޕީއެންސީ ފިކުރުގެ ރަށެއްގެ ގޮތުގައެވެ. މަޖިލީހުގެ މިދިޔަ ދެ ދައުރުގައި އެ ދާއިރާގެ ގޮނޑި ފުރުއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު