ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހެއްގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހާއަކީ ފުލުހުން މިރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ.

އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށާއި އެކަމުގެ މައުލޫމާތު އެ މީހާގެ އާއިލާއަށް މިހާރު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. އެހެންވެ އޭނާ ދިރުވާލީ ކިތައް މަސްތުވާތަކެތި ހުރި ބުލެޓް ކަމެއް އަދި އެ މީހާގެ އެއްވެސް ތަފުސީލެއް އަދި ނުލިބެއެވެ.