އުފަންދުވަސް ފާހަގަކުރަން ފެޅި ކޭކު ކައިގެން އިންޑިއާގައި 10 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
އިންޑިއާގެ ޕަންޖާބުގެ ޕަޓިއާލާގައި މިދިޔަ މަހު 10 އަހަރުގެ ކުއްޖެއްގެ އުފަން ދުވަސް ފާހަގަކުރުމަށް އެ ކުއްޖާގެ އާއިލާއިން ފެޅި ކޭކުގެ ސަބަބުން އެ އާއިލާ އާއި އެ އުފަލުގައި ބައިވެރިވި އެންމެން ބަލިވެ ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގުމާއެކު ހިންގި ތަހުގީގަށްފަހު އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ފެޅި ކޭކުގައި ހަކުރުގެ ބަދަލުގައި ކޭކުގެ ރަހަ ފޮނިކުރުމަށް ބޭނުންކޮށްފައިވާ އާޓިފިޝަލް ސްވީޓްނާ ގިނަ އަދަދަކަށް ވަނީ ބޭނުންކޮށްފައެވެ. އެއީ ކެމިކަލްގެ ސަބަބުން ކެމިކަލް ގިނަވެ ފުރާނައަށް ނުރައްކާވަރަށް ކެމިކަލް ހުރުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ޕަޓިއާލާގައި ހުންނަ ބޭކަރީއަކުން ގަތް އެ ކޭކުގެ ސަބަބުން އެ ކުއްޖާ މަރުވުމާއެކު އާއިލާއިން ވަނީ އެ ބޭކަރީން ވިހަ އަޅާފައިވާ ކޭކު ފިހެ ވިއްކާ ކަމަށް ތުހުމަތުކޮށްފައެވެ.
އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ބޭކަރީއާ މެދު އަޅާނެ ފިޔަވަޅެއް ބަލައި ބޭކަރީގެ ވެރިޔާގެ މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ