ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށް ލިބިއްޖެއެވެ.
މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފުވައްމުލަކުގެ ތިން ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެގޮތުން ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑި ހަމަދު އަބްދުﷲ ކާމިޔާބުކުރި އިރު، ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އަލީ ފަޒާދެވެ. އޭނާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އެ ދާއިރާގެ މެންބަރެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުުކުރީ އިބްރާހިމް ހުސައިންއެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ތިން ދާއިރާވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ކުޅުދުއްފުށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ސިޓީގެ ދެ ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެގޮތުން ކުޅުދުއްފުށި އުތުރު ދާއިރާ ކާމިޔާބު ކުރީ އެ ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދެވެ. އަދި ކުޅުދުއްފުށި ދެކުނު ދާއިރާ ކާމިޔާބު ކުރީ ފަރުހަތު މުހައްމަދެވެ.
މިދިޔަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީގެ ދެ ދާއިރާއަށްވެސް އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު