މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން ކާމިޔާބު ކުރައްވައިފިއެވެ.

ހިންނަވަރު ދާއިރާއަށް ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާންގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާގެ މިހާރުވެސް ކެންޑިޑޭޓް ޖީހާން މަހުމޫދާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަބުދުލް ސަލާމް މޫސާއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުހައްމަދު އަބްދުއްރަހްމާނު 755 ވޯޓު ލިބުނު އިރު، ޖީހާނަށް ލިބުނީ 546 ވޯޓެވެ. އަބުދުލް ސަލާމް މޫސާއަށް ލިބުނީ 382 ވޯޓެވެ.

ޖީހާންގެ ކުރީން ފަސް ދައުރު ހިންނަވަރު ދާއިރާގެ މެންބަރުކަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ކޮއްކޯފުޅު، ޖީހާނަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ރައީސް ސޯލިހު ވަނީ ކެމްޕެއިންގައި އިސްދައުރެއް އަދާކުރައްވައިފައެވެ.