ގެއްލިގެން ހޯދަމުންދިޔަ މ. މަޑުއްވަރި ދޯންޏާއި އޭގައި ތިބި މީހުން ހޯދައިފިއެވެ.
ތިން މީހުންނާއެކު މަހަށް ނުކުތް 'ފަރިހި 2' ނަމަކަށް ކިޔާ އެ ދޯނި ގެއްލިގެން އެމްއެންޑީއެފަށް ފުލުހުންނަށް އެންގީ ރޭގެ 10:45 ހާއިރެވެ. އެ ދޯނި ހޯދުމަށް މ. މުލީގައި އޮންނަ ކޯސްޓްގާޑް ހާބާކްރާފްޓް ލޯންޗާއި ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް 'މާފަތް' ވެސް ހަރަކާތްތެރިވިއެވެ.
އަދި ރޭ ދަންވަރު 2:00 ޖަހާކަންހާއިރު އެމްއެންޑީއެފްގެ ޑްރޯންވެސް ބޭނުންކޮށްފައިވެއެވެ. މިއީ މިފަދަ އޮޕަރޭޝަނެއްގައި ޑްރޯން ބޭނުންކުރާ ފުރަތަަމަ ފަހަރެވެ.
ދޯނި ގެއްލިގެން ރިޕޯޓްކުރިތާ 18 ގަޑިއިރު ފަހުން އެމްއެންޑީއެފުން ބުނީ، އެ ދޯނި ހޯދުމަށް ޑްރޯން އާއި ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން ކުރި މަސައްކަތުން މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ހޯދާފައިވާ ކަމަށެވެ.
އަދި ދޯނީގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު