ޓްރީޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ހިތާނީ ކޭމްޕުގައި ހަތް ޑޮކްޓަރުންގެ ޓީމަކުން ހަރަކާތްތެރިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޓްރީޓޮޕްގެ މި އަހަރުގެ ހިތާނީ ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކްތަމް އަބްދުއްލާއިވް، ޑރ. މައުމޫން އާސިމް، ޑރ. އިބްރާހިމް މުއުމިން، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާ ހިމެނެއެވެ.

އަދި އެ ޑޮކްޓަރުންނާއެކު ޕްރޮފެޝަނަލް ނަރުހުންވެސް ހިތާނުކުރުމުގެ ކަންކަމުގައި ހަރަކާތްތެރިވާނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕުގައި ނަން ނޯޓުކުރުމުގެ ފުރުސަތު އަންނަ މަހުގެ 15ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޓްރީޓޮޕް ހޮސްޕިޓަލުގެ ހިތާނީ ޕެކޭޖުގެ އަގަކީ 5000 ރުފިޔާއެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށާއި ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވެއެވެ.

ޓްރީޓޮޕްގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް އަދި އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމުން ލިބޭނެއެވެ.