އދ. މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު މާފަރުފަޅު ހިމަނައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީ މާފަރުފަޅަކީ އެ އަތޮޅުގެ މަހިބަދޫގެ ބައެއް ގޮތުގައި ކަނޑައެޅުމަށް އެ މަނިކުފާނު ގަސްދުކުރައްވާ ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2010 އޮކްޓޫބަރު 14 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" އަށް އިސްލާހު ގެނެސް، މާފަރުފަޅަކީ އެ އަތޮޅުގެ މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިއްޔެ ވަނީ ފަރުމުލި އާއި ކަނޑިންމާހުރާ، ނ. މާފަރުގެ ބައެއްގެ ގޮތުގައި އަދި އއ. ބޮޑުފޮޅުދޫގެ ބައެއްގެ ގޮތުގައި އެ އަތޮޅު ވެލިދޫދިއްގާ ވެސް ހަމަޖައްސަވައިފިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު