ޓްރީ ޓޮޕް ހޮސްޕިޓަލުގެ އީއެންޓީ ޑޮކްޓަރުންގެ ޓީމަކުން ޕެރަޓޮއިޑް ޓިއުމަރެއް ނެގުމަށް ސާޖަރީއެއް ހަދައިފިއެވެ.

ޕެރޮޓިޑް ޓިއުމަރަކީ ކަންފަތާއި ދަތްދޮޅީގެ ކައިރީގައި ހުންނަ ޕެރޮޓިޑް ގްލޭންޑްތަކުގައި އުފެދޭ ޓިއުމަރެކެވެ. މި ސާޖަރީއަކީ ޓިއުމަރު ނައްތާލުމުގައި މޫނުގެ ނާރުތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ފަދަ ގޮތަކަށް ފުރިހަމަކުރަންޖެހޭ ވަރަށް ނާޒުކު ޕްރޮސީޖާއެކެވެ.

ޓްރީ ޓޮޕުން ބުނީ މި ސާޖަރީ ހެދުމުގައި އިސްކޮށް ހުންނެވީ މިފަދަ ގިނަ ސާޖަރީތަކުގެ ތަޖުރިބާ ލިބިފައިވާ ސީނިއާ އީއެންޓީ ކޮންސަލްޓަންޓް ޑރ. ރާޖޭޝް އަރްވިންދުއެވެ. އަދި ސާޖަރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އީއެންޓީ ސްޕެޝަލިސްޓް ޑރ. ޗަންދްރަޝޭކަރުއެވެ.

"މޫނުގެ ފޭޝަލް އެކްސްޕްރެޝަންތައް އެއްކޮށް ޑިޕެންޑް ވަނީ މި ނާރުތަކަށް، ވީމާ މި ޕްރޮސީޖާ ހެދުމުގައި ބަލިމީހާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރޭ" ޑރ. ރާޖޭޝް ވިދާޅުވިއެވެ.

މި ސާޖަރީއަށްފަހު ބަލިމީހާގެ މޫނުގެ ހުރިހާ ނާރުތައް ރަނގަޅަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މިފަދަ ސާޖަރީ އަދި ޕްރޮސީޖާތައް ކުރިއަށްގެންދަނީ "މެޑްޓްރޯނިކް ނާވް ސްޓިމިއުލޭޓަރު" އެއްގެ އެހީގައެވެ. މީގެ ސަބަބުން ސާޖަރީ ހެދުމުގައި ނާރުތަކަށް ގެއްލުމެއް ނުލިބި، އިތުރު ކޮމްޕްލިކޭޝަނަކާ ނުލައި ސާޖަރީ ހެދުމަށް މަގުފަހިވެއެވެ.

މީގެ ކުރިން ޓްރީޓޮޕް ހޮސްޕިޓަލުން މިފަދަ 12 ވަރަކަށް ސާޖަރީ ހަދާފައިވާ އިރު، ހުރިހާ ސާޖަރީ އެއް ވެސް ވަނީ ކާމިޔާބުވެފައެވެ.

ޕެރޮޓިޑެކްޓޮމީ ނުވަތަ ޕެރޮޓިޑް ޕްރޮސީޖާ ރާއްޖޭގައި ހެދޭ ހަމައެކަނި ހޮސްޕިޓަލަކީ ޓްރީ ޓޮޕެވެ. ދިވެހިންނަށް މިފަދަ މުހިންމު ހިދުމަތެއް އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ގާބިލް އަދި ތަޖުރިބާކާރު ސްޕެޝަލިސްޓުންގެ އެހީގައި ފޯރުކޮށްދެވުމަކީ ފަހުރެއް ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ނުގޮސް މިފަދަ ޕްރޮސީޖާތައް ހެދުމުން، ބަލިމީހާ އުފުލަންޖެހޭ ތަކުލީފު އަދި ހަރަދު ވަރަށް ކުޑަ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ. ކަން ފާހަގަކުރަމެވެ.