ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފުރަތަމަ ފަހަރަށް ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ ޕްރޮސީޖާ ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފިއެވެ.
މިއީ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ދާއިރާއިން ޓްރީޓޮޕް ހޮސްޕިޓަލަށް ލިބިގެންދިޔަ ކުރިއެރުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ. އަދި މި ޕްރޮސީޖާ ކުރިއަށް ގެންގޮސްފައި ވަނީ އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. އަމިތް އަގަރްވާލް އަދި ހުނަރުވެރި ކާޑިއޮލޮޖީ ޓީމުން ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ އަކީ ހިމަވެފައި ނުވަތަ ބްލޮކްވެފައިވާ ކިޑްނީއަށް ލޭ ފޯރުކޮށްދޭ ނާރުތައް ހުޅުވައިދޭ މިނިމަލީ އިންވޭސިވް ޕްރޮސީޖާއެކެވެ. ބޮޑެތި އޯޕަން ސާޖަރީތަކާ ހިލާފަށް، މިފަދަ ޕްރޮސީޖާތައް ކުރިޔަށް ގެންދަނީ ވަރަށް ކުޑަ ކުޑަ އިންސިޝަންއެއް ހަދައިގެންނެވެ.
ބަލިމީހާ ރިކަވާވެ އާއްމު ދިރިއުޅުމަށް ރުޖޫއުވާން ހޭދަވާ ވަގުތު މަދުވެ އެވެ. މިއީ ލޭގެ ޕްރެޝަރު މަތިވުމާއި ކިޑްނީގެ މަސައްކަތް ދަށްވުމާއި އެއާ ގުޅުން ހުރި އެހެނިހެން މައްސަލަތައް ހުންނަ މީހުންނަށް ދިރިއުޅުމަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ޕްރޮސީޖާއެކެވެ.
ބަލިމީހާ ރިކަވާވެ އާއްމު ދިރިއުޅުމަށް ރުޖޫއުވާން ހޭދަވާ ވަގުތު މަދުވެ އެވެ. މިއީ ލޭގެ ޕްރެޝަރު މަތިވުމާއި ކިޑްނީގެ މަސައްކަތް ދަށްވުމާއި އެއާ ގުޅުން ހުރި އެހެނިހެން މައްސަލަތައް ހުންނަ މީހުންނަށް ދިރިއުޅުމަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ޕްރޮސީޖާއެކެވެ.
ޑރ. އަމިތަކީ ކާޑިއޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ، ހިތުގެ ގިނަ ބަލިތައް ދެނެގަތުމުގައި ތަޖުރިބާކާރު އަދި ހުނަރުވެރި ޑޮކްޓަރެކެވެ. އޭނާ ވަނީ ނޭޕާލްގުންޖް މެޑިކަލް ކޮލެޖުން އެމްބީބީއެސް އަދި ނޭޕާލްގެ އިންސްޓިޓިއުޓް އޮފް މެޑިސިން ކަތުމަންޑޫން އިންޓާނަލް މެޑިސިންގެ ދާއިރާއިން އެމްޑީ ހާސިލްކޮށްފައެވެ. އަދި ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް އިން ކާޑިއޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެ، އިންޑިއާގެ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ދާއިރާއިން ވަނީ ތަމްރީނު ހޯދައިފައެވެ. އަދި ޑރ. އަމިތު ވަނީ ނޭޕާލްގެ ނޭޝަނަލް މެޑިކަލް ކޮލެޖުގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމު ފުރައިފައެވެ. އަދި މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއްގެ މަގާމުވެސް އޭނާ ވަނީ ފުރައިފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު ހިިތުގެ ބަލިތައް ދެނެގަނެ، އެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ޑިޕާޓްމަންޓެއް ހުރެއެވެ. މި ޑިޕާޓްމަންޓުން ޕްރިވެންޓިވް ސްކްރީނިން އާއި މިނިމަލީ އިންވޭސިވް ޕްރޮސީޖާތަކުން ފެށިގެން ހިތުގެ ކޮމްޕްލެކްސް ބަލިތައް މެނޭޖްކުރުމުގެ ފަރުވާތައް ވެސް ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު