މާލެ ސިޓީއަށް މިއަދު ހަވީރުން ފެށިގެނ ބޯކޮށް ވާރޭވެހުމުގެ ސަބަބުން 57 ތަނަކަށް ފެން ވަދެގެން ރިޕޯޓުކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ފެން ވަދެގެން ރިޕޯޓުކުރި 57 ތަނެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފްއިން ފެން ބޮޑުވި ސަރަހައްދުތަކުގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މާލޭގެ 14 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީދޫ ސަމާލު ނެރެފައެވެ. ސަމާލު ނެރެފައިވަނީ 16:15 އިން 20:15 އަށެވެ.
އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު