ޕާކިސްތާނުގައި ބަހެއް އެކްސިޑެންޓުވެ 17 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ އިރުދެކުނު ބަލޯޗިންތާނުގައި ދަތުރުކުރަމުން ދިޔަ ބަހެއް އެކްސިޑެންޓު ވެފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކޮންޓްރޯލް ނުވެ އެހެން އުޅަނދެއްގައި ޖެހިގެން ކަމަށް އޮފިޝަލުން ބުނެއެވެ.

ބުދަ ދުވަހު ހިނގި އެހާދިސާގައި 40 އަށްވުރެ ގިނަ މީހުންނަށް އެކިވަރު އަނިޔާވެގެން ވެރިރަށް ކަރާޗީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ އިރު، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

ބަލޯޗިންތާނުގެ ޗީފް މިނިސްޓަރު ސިންދު މުރާދު ވަނީ އަނިޔާވެފައިވާ މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށާއި ފަސް މީހެއްގެ ހާލު ވަރަށް ދެރަ ކަމަށް ވިދާޅުވެފައެވެ.

ޗީފް މިނިސްޓަރު ވަނީ ބަހުން ދަތުރު ކުރި މީހުންނަކީ ބަލޯޗިންތާނުގެ ފަގީރު ސަރަހައްދެއްގައި ދިރިއުޅޭ މީހުން ކަމަށާއި އެމީހުން ބަލޯޗިންތާނަށް ދިޔައީ އީދު ފާހަގަކުރުމަށް ކަމަށް ވިދާޅުވެފައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާ ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވިއެވެ.