ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް އަދި ކޮންމެ ކަހަލަ ހިޔާލުތަފާތުވުމެއް ދިމާވިޔަސް އަޅުގަނޑުމެންނަކީ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން ނެތިގެން ގޮސްގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފިތުރު އީދަށް ސިޓީތަކާއި ވެރިކަންކުރާ ރަށްތައް ދިއްލާލުން ފައްޓަވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ އެއް ނަސްލަކަށް ނިސްބަތްވާ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ދީނަކަށް ތަބާވާ އަދި އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއް ކަމަށެވެ. އެހެންކަމުން އެ އެކުވެރިކަން ނެތިގެން ގޮސްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް، ކޮންމެ ކަހަލަ ހިޔާލުތަފާތުވުމެއް އެއްވެސް ވަގުތަކު ދިމާވިޔަސް މިކަން ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑުމެންނަކީ ދިވެހިންކަން. ދިވެއްސަކަށްވީތީ ފަހުރުވެރި ވާންޖެހޭނެކަން. ދިވެއްސަކަށްވީތީ އަޅުގަނޑުމެންނަކީ ދިވެހި ގައުމުދެކެ ލޯބިވާ، އިސްލާމް ދީނަށް ނަސްރުދޭ ބަޔަކަށް ވާންވާނެކަން، އެ އަޒުމް އެ ކަންތަކުގައި ތަފާތުވެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮންމެ ދުވަހެއް ނިމޭއިރުވެސް ދިވެހިންނަކީ އެއްބައެއްކަން ކުޑަކުދިންނަށް މައިންބަފައިން ދަސްކޮށްދޭންޖެހޭ ކަމަށެވެ. އަދި އެއްބައިވަންތަކަމުގެ އަޒުމް އާކުރައްވައި، އެއްބައިވަންތަކަމާއެކު ގައުމު އާރާސްތު ކުރުމަށް ގޮވާލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު