އިޓަލީގެ އަވަށެއްގައި ބަކަރި ގިނަވެ، ހިލޭ ބަހަން ފަށައިފިއެވެ.
އިޓަލީގެ ސިސިލީގެ އަލިސުޑީ އަވަށުގައި އާދަޔާ ހިލާފަށް ބަކަރި ގިނަވެ، އެކަން ހައްލުކުރުމަށް އެ ސިޓީގެ މޭޔަރު ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމަވައިފައެވެ.
އަލިސުޑީގެ މޭޔަރު ރިކާޑޯ ގުއްލޯ ވަނީ އޭނާއަށް އެ ސިޓީގައި ހައްލު ނުވެ އޮތް މައްސަލައަކީ ބަކަރީގެ މައްސަލަ ކަމަށްވާތީ، ގަވާއިދަށް ބަދަލު ގެނެސް ކޮންމެ މީހަކު ވެސް އަމިއްލައަށް ބަކަރި ހިފައިފިނަމަ އެ ބަކަރިއެއް އެމީހާއަށް ލިބޭނެ ގޮތަށް ނިންމަވައިފައެވެ.
މޭޔަރު ވިދާޅުވީ ކިތަންމެ ބައިވަރު ބަކަރި ހިފައި އެ ބަކަރިތައް އެ ސިޓީން ބޭރުކުރުމަށް ހަމައެކަނި ޖެހޭނީ ސަރުކާރަށް ދައްކަން ޖެހޭ 17 ޑޮލަރުގެ ސްޓޭޕް ފީއެއް ދައްކަން ކަމަށެވެ. އަދި 15 ދުވަހުގެ ހާއްސަ ހުއްދައެއް އެ ބަކަރިތައް ސިޓީން ބޭރުކުރަން ދޭނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގެ ދަށުން އެ ސިޓީގައި ހައްލުނުވެ އޮތް ބަކަރީގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް މޭޔަރު ގުއްލޯ ގަބޫލުކުރައްވައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ