އެސްޓީއޯ ރޯދަ ބާޒާރަކީ ރޯދަ މަހަށް ހާއްސަކޮށްގެން، ކޮންމެ ދުވަހަކުވެސް ވަން އޮންލައިންގެ ނޫސްވެރިން ބާޒާރަށް ގޮސް، ތަކެތީގެ އަގުތައް ހުރި ގޮތް ގެނެސްދޭ ލިޔުމެކެވެ. މި ލިޔުން ގެނެސްދެނީ އެސްޓީއޯގެ ހެޔޮއެދުން ތަކާއެކުއެވެ.

މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ 28 ވަނަ ދުވަހެވެ. ބާޒާރުމައްޗަށް މިއަދަކީވެސް ބާރުބޮޑު ދުވަހެކެވެ. މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓަށްވެސް ބާރު ބޮޑެވެ. ފަނިގިރުމަށާއި ހެދިކާ އާއި އެކިއެކި ކާތަކެތި ތައްޔާރުކުރަން ބޭނުންވާ ތަކެތި ގަންނަން އެތައް ބަޔަކު ނުކުމެ އެބަ އުޅެއެވެ.

  • ކަންކުން: 10 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 15 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 7 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 10-25 ރުފިޔާއަށް
  • ގަބުޅިއެއް: 30-35 ރުފިޔާއަށް
  • ކަނޑުމަސް: 25-30 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 30-34 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 25 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 65 ރުފިޔާއަށް މަހެއް
  • ހަންޖެއް: 75-350 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
  • މެދު ސައިޒުގެ ރަތް މަހެއް: 90 ރުފިޔާއަށް
  • ރެހި ޖޯޑެއް: 15 ރުފިޔާއަށް
  • މެދު ސައިޒުގެ ފިލޮޅެއް: 80 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 85 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 60 ރުފިޔާއަށް
  • ކުރު މަހެއް: 650-750 ރުފިޔާއަށް.