ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މީހުން ދަސްނުވުމުގެ މައްސަލަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ޕެނަލް ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން މިނިވަންކުރެއްވުމަށް އެންމެ ގަދައަށް މަސައްކަތްކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، އަމިއްލަ ޖީބުން ހަރަދުކޮށް، ރައީސް ޔާމީނަށްޓަކައި ބޮޑެތި ގުރުބާނީތަކެއްވި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ އަރިހުގައި މިހާރު ތިއްބެވީ އިހުލާސްތެރިންނެއް ނޫން ކަމަށެވެ. އެގޮތުން، އެއީ އެއިރުވެސް އަދި މިހާރުވެސް އެ މަނިކުފާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށްވުރެ ރައީސް ޔާމީނަށް އިހުލާސްތެރި އަންބަކު އަދި ދަރިއަކުވެސް މި ގައުމަކު ނެތް. އެކަން ތަޖުރިބާކޮށްފައި އެ ވާހަކަ މި ދައްކަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފައްދަވަން އުޅުއްވާ ޕާޓީ ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެެރިވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލްއާއި ކުރީގެ ސީޕީ ހުސައިން ވަހީދާއި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ފަދައިން ރައީސް ޔާމީންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓެން އޭނާ ބޭނުން ނުވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވާހަކަދައްކަން މަޖުބޫރުވީ އިހުލާސްތެރި މަސައްކަތެއް ކުރުމުން އޭގެ އަގު އަދާނުކުރުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު