ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލެ ސަރަހައްދުގައި ކުނި އުކުމުގެ ވިޔަފާރިކުރާ އާންމު ފަރާތްތަކުގެ އަޅަނދުތަކުން ނަގާ ފީ ކުޑަކޮށްފިއެވެ.
މީގެ ކުރިން އާންމުންގެ ފަރާތުން ކުނި ގެންނަ އުޅަނދުން ޓަނަކަށް ނަގާ 1،060 ރުފިޔާގެ ފީ، 750 ރުފިޔާއަށް ވެމްކޯ އިން ކުޑަކޮށްދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އޭގެ އިތުރުން މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކަށް މިހާރު ފީއެއްގެ ގޮތުގައި ނަގަނީ 150 ރުފިޔާއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ފަޒީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވަނީ، އަނެއްކާވެސް އެ ފީ ކުޑަކުރުމަށް ނިންމެވިކަން އިއުލާންކުރައްވައިފައެވެ. އެ ދުވަހު ރައީސް ވިދާޅުވެފައިވަނީ އެ ފީ 500 ރުފިޔާއަށް ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ވެމްކޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާންމު ފަރާތްތަކުން ހިދުމަތުގެ ފީއަކަށް ޗާޖުކުރަމުން ދިޔައީ ކިލޯއަކަށް 75 ލާރި ކަމަށާއި އޭގެ ބަދަލުގައި މާދަމާ ހެނދުނު 9:00 އިން ފެށިގެން ވެމްކޯގެ މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ޗާޖުކުރަމުންދާނީ ކިލޯއަކަށް 50 ލާރީގެ މަގުން ކަމަށެވެ.
"މީގެ އިތުރުން ފުރަމާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ޓްރާންސްފާ ސްޓޭޝަންތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ޗާޖެއް ނެގެމުންދާނެކަމުގެ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ..،" ވެމްކޯގެ އިއުލާނުގައި ބުންޏެވެ.
ވެމްކޯ އިން ބުނީ އަގަށް ގެނެވުނު ބަދަލާ އެކު ހަމަހަމަ އުސޫލަކުން މިނެކިރުމަށް މާލޭގެ ހުރިހާ ސަރަހައްދެއްގައި ކުނި ކިރާނެ ނިޒާމު ގާއިމުކުރެވެންދެން ކުނީގެ ބަރުދަން ބަލާނީ ގެންނަ އުޅަނދު ރަޖިސްޓަރީގައިވާ އުފުލޭ ބަރުދަނަށް ބިނާކޮށް ކަމަށެވެ.
- އާންމުން، ޓެކްސީ ޕިކަޕު އަދި ލޮރީ، ޕްރައިވެޓް، ކޮމްޕެނީ (ދުވަހު ކުނި، ބޮޑެތި ކުނި، ސީއެންޑީ) - ކިލޯއަކަށް 50 ލާރި
- ސަރުކާރު އޮފީސް އަދި ސަރުކާރު ކުނިފުނިތައް (ހުރިހާ ބާވަތެއްގެ ކުނި) - ކިލޯއަކަށް 2.66 ރުފިޔާ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު