ސައުދީ އަރަބިއްޔާ އިން ''ޑިޖިޓަލް ބޭގްސް'' ޕްރޮގްރާމް ލޯންޗުކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ދީނީ ކަންކަމާބެހޭ އެންމެ އިސް އޮފީހުން ލޯންޗު ކުރި ''ޑިޖިޓަލް ބޭގްސް'' ޕްރޮގްރާމްގެ ދަށުން އެ ގައުމަށް އުމްރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޝްހޫރު ދީނީ އިލްމުވެރިންގެ ހާއްސަ ފޮތްތަކާއި ދީނީ މައުލޫމާތު ހިމެނޭ އެކި ފޮތްތައް ޑިޖިޓަލްކޮށް ބަލައިލެވޭނެއެވެ.
''ޑިޖިޓަލް ބޭގްސް'' ޕްރޮގްރާމްގައި ބައިވެރިވުމަށް ހާއްސަ ބާކޯޑެއް ސްކޭން ކުރުމުން އެކަމާ ގުޅޭ ފޮތްތަކުގެ މައުލޫމާތު ބަލައިލެވެއެވެ. އަދި އެ މައުލޫމާތުތައް އެހެން މީހުންނަށް ހިއްސާކުރުމަށް ޝެއާ ކުރެވޭނެ ގޮތްވެސް ''ޑިޖިޓަލް ބޭގްސް'' ޕްރޮގްރާމްގެ ދަށުން ކުރެވޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
''ޑިޖިޓަލް ބޭގްސް'' ޕްރޮގްރާމްގެ އިތުރުން އެ އޮފީހުން ވަނީ ރޯދަމަހު ހާއްސަ އިތުރު ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެކި ކަންކަމުގައި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ހާއްސަ ޑޮނޭޝަން ހަރަކާތްތައް ހިންގުންވެސް ހިމެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ