އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އިން ވެއްޓުނު ދަގަނޑު ޕެލެޓެއް ފްލޮރިޑާގެ ގެއެއްގެ ފުރާޅު ފޫއަޅުވާލައިފިއެވެ.
މިދިޔަ މަހުގެ އަށް ވަނަ ދުވަހު ހިނގި އެހާދިސާގައި އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާގެ ދެބުރީގެ ގެއެއްގެ ފުރާޅު ފޫއަޅުވާލާފައި ވަނީ ބެލެވޭ ގޮތުގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އިން ދޫވި ބެޓަރީގައި ހަރުކުރާ ޕެލެޓެއް ކަމަށް އޮފިޝަލުން ބުންޏެވެ.
އެހާދިސާގެ މައުލޫމާތު ފްލޮރިޑާގެ ސަރުކާރުން ނާސާ އަށް ފޯރުކޮށްދިނުމުން ނާސާއިން ވަނީ އެކަމުގެ ތަހުގީގެއްވެސް ފަށައިފައެވެ.
ބަރުދަނުގައި 900 ގުރާމް ހުރި އެޕެލެޓް މިހާރު ވަނީ ނާސާގެ އިންޖީނިއަރުން ތަހުލީލު ކުރުމަށް ލެބޯޓަރީ އަށް ގެންގޮސްފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ޕެލެޓު ފޫއަޅުވާލި އިމާރާތުގެ ވެރިޔާ ވަނީ އެދަގަނޑު ޕެލެޓު ގޭގެ ފުރާޅުގައި ޖެހިފައިވަނީ ބާރު ސްޕީޑެއްގައި ކަމަށާއި އޭނާގެ ދަރިފުޅު ސަލާމަތް ވެފައިވަނީ ހަނި ގޮތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
ތަޖުރިބާކާރުން ވަނީ އެޕެލެޓަކީ ޖައްވުން އައި ޕެލެޓެއް ކަމަށް ޔަގީންވާ ކަމަށް ބުނެފައެވެ. އެމެރިކާގެ ޖައްވީ ދިރާސާއާ ބެހޭ ކޮމާންޑުން ވަނީ މާޗް މަހުގެ އަށް ވަނަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ޖައްވުން އެއްޗެއް ދުނިޔެއަށް ވެއްޓުނު ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށްވެސް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ