ކުޅިވަރު ފެސިލިޓީތައް ގާއިމުކުރުމުގެ އާ މަޝްރޫއުތަކެއް މިއަހަރު ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކަން ފާހަގަކުރައްވާފައިވަނީ، ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ޒުވާނަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ޒުވާނާ ވަނީ، ރިޔާސީ ކެމްޕޭންގައި ރައީސް ވައުދުވެވަޑައިގެންނެވި ސްޕޯޓްސް އެރީނާތައް ފެންނާނީ ކިހާ ދުވަހަކުންތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މިއަދު ވިދާޅުވީ އެކި ރަށްރަށުގައި ސްޕޯޓްސް ކޮމްޕްކްސްތައް ގާއިމުކޮށްދިނުމާއި، ވަކި ކަހަލަ ކޯޓުތައް ގާއިމުކޮށްދިނުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކެއް ކަމަށާއި މިހާރު ވެސް އެކި ރަށްރަށުގައި އެ މަސައްކަތައް ފެށުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.
"ބައެއް ތަންތަނުގައި އަމަލީގޮތުން ވެސް މަސައްކަތް ފެށިފައިވާނީ. އެހެންވީމާ ސްޕޯޓްސް އެރީނާ އަދި ވަކިވަކި ކޯޓުތައް އެޅުމާއި، އިންޑޯ ކޯޓުތަކާއި އަންހެން ބޭފުޅުންނަށް ހާއްސަކޮށް ބޭނުންވާ ހޭންޑްބޯލް ކޯޓު، މިހެން ގޮސް އެކި ކަހަލަ ކޯޓުތައް އެޅުމަށް މިއަހަރު ތެރޭގައި ގިނަ މަސައްކަތްތައް ކުރިއަށްދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ދާއިރާއެއް ކަމަށާއި އެކަމުގެ ސަބަބުން ކުޅިވަރަށް ހާއްސަ ވުޒާރާއެއް ވެސް އުފައްދަވާފައިވާނެ ކަމަށެވެ. އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް ފަރުވާ އާއި ތަމްރީނުގެ ކަންކަން ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު