ހުޅުމާލެއިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން އޭނާ ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ، އަބްދުﷲ ހަނީފް ކިޔާ މީހެކެވެ.

އޭނާގެ ކާފަ ދަރިއަކު ފޭސްބުކްގައި މިއަދު މެންދުރު ކުރި ޕޯސްޓެއްގައި ބުނީ، ފަތިހުން ފެށިގެން ހަނީފްގެ ހަބަރެއް ނުވާ ކަމަށެވެ.

ހަނީފަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް އޭނާ ބުންޏެވެ.

ހަނީފް ފެނިފައިވާ ނަމަ، އާއިލާއާ އެ މައުލޫމާތު ހިއްސާކުރުން އެ އާއިލާއިން ވަރަށް ބޮޑަށް އެދެއެވެ.

އާއިލާގެ ފަރާތުން ފާތިމަތު ޒޫނާ (7892804 / 7741009 / 7822740)