ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ގެއްލިގެން ފުލުހުން ހޯދަމުން ދިޔައީ ރ. އިނގުރައިދޫ، ކަނބުރުގެ، އާއިޝަތު ޒީވާ ސައީދު، 13އ.އެވެ.
ފުލުހުން މިއަދު ބުނީ ޒީވާ މިއަދު 12:15 އެހާކަންހާއިރު މާލެއިން ފެނިފައިވާ ކަމަށެވެ. ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
ޒީވާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ، އެކުއްޖާ އެކުއްޖާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހަށް ރިޕޯޓު ކުރުމުންނެވެ. އާއިލާއަށް ޒީވާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެގެ 18:00 ހާއިރު، އެ ކުއްޖާ މިހާރު ދިރިއުޅޭ އެޕާޓްމަންޓް، ހުޅުމާލެ ފޭސް ދޭއްގެ ހިޔާފްލެޓްގެ އެޗް 12 އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު