އެމެރިކާގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ 73 މިލިއަން ކަސްޓަމަރުންގެ ޑޭޓާ ލީކުކޮށްލައިފިއެވެ.
އެމެރިކާގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ މަޝްހޫރު ކުންފުނި ''އޭޓީއެންޓީ'' ގެ 73 މިލިއަން ކަސްޓަމަރުންގެ މައުލޫމާތު އޮންލައިންކޮށް ލީކުކޮށްފައިވާ އިރު، އެ މީހުންގެ ޒާތީ މައުލޫމާތުތައް ވެސް އޭގައި ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.
އޭޓީއެންޓީ އިން ވަނީ ލީކުކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި ކަސްޓަމަރުންގެ އެޑްރެސްތަކާއި ސޯޝަލް ސެކިއުރިޓީ ނަމްބަރުގެ އިތުރުން ޕާސްކޯޑުތަކާއި އެހެނިހެން މައުލޫމާތު ހިމެނޭ ކަމަށް ބުނެފައެވެ.
އޭޓީއެންޓީގެ މައުލޫމާތު ލީކު ކުރީ ކޮން ބަޔަކު ކަމެއް އަދި ދެގެނަނެވިފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީ ގުކުރުމަށް ސައިބާ ސެކިއުރިޓީ އެކްސްޕާޓުންގެ ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.
މައުލޫމާތު ލީކުވުމާ އެކު އޭޓީއެންޓީ އިން ވަނީ ހުރިހާ ކަސްޓަމަރުންވެސް ސަމާލުވެ ތިބުމަށް އެދިފައެވެ. އެގޮތުން ޕާސްކޯޑުތައް ރިސެޓް ކުރުމަށްވެސް އެކުންފުނިން އެދިފައިވެއެވެ.
އޭޓީއެންޓީ އަކީ އެމެރިކާގައި އެންމެ ފުޅާދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ކުންފުންޏެވެ. 290 މިލިއަން ކަސްޓަމަރުން އެކުންފުނީގެ ހިދުމަތް ހޯދަމުން ދާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ