ރާއްޖޭގެ 17 ރަށަކަށް ބޭނުންވާ ލެބޯޓަރީ ސާމާނު ހޯދުމަށް ޗައިނާއާއެކު "ލެޓަ އޮފް އެކްސްޗޭންޖް" ގައި މިއަދު ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެގައުމުގެ ސަފީރު ވަން ލިޒިން އެވެ.
- ނ. ފޮއްދޫ
- ގދ. ހޯޑެއްދޫ
- ހއ. މަރަދޫ
- ހއ. މާރަންދޫ
- ށ. ގޮއިދޫ
- ބ. ދޮންފަނު
- ބ. ކިހާދޫ
- ތ. ދިޔަމިގިލި
- ގއ. މާމެންދޫ
- ގއ. ނިލަންދޫ
- ށ. ނޫމަރާ
- ޅ. އޮޅުވެލިފުށި
- އދ. ހަންޏާމީދޫ
- ވ. ކެޔޮދޫ
- ކ. ގާފަރު
- ނ. މާޅެންދޫ
- އއ. މާޅޮސް
އެ ހުރިހާ ރަށެއްގެ ލެބޯޓަރީއަށް ބޭނުންވާ ސިއްހީ ސާމާނު ހޯދުމަށް ނިންމާފައިވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ޗައިނާއާއެކު ވެފައިވާ އެ އެއްބަސްވުމުގެ ސަބަބުން އެ ރަށްތަކުގައި ލެބޯޓަރީ ހިދުމަތް ނެތުމުން ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒުތަކުގައި ދެމުންގެންދާ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު