އާގުބޯޓަކުން ޖެހި އެމެރިކާގެ ބަލްޓިމޯ ކީ ބްރިޖު ވެއްޓުނު ހާދިސާގައި ހަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން މެރީލޭންޑް ސްޓޭޓްގައި ކުއްލި ހަލަތު އިއުލާން ކޮށްފައިވާއިރު، އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހާދިސާ ހިނގި ވަގުތު ބްރިޖުން ދަތުރުކުރަމުންދިޔަ 20 މީހުން މޫދަށް ވެއްޓުނެވެ.
އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެލްސަލްވަޑޯ، ހަންގޭރީ އަދި ގުއާޓެމާލާގެ އިތުރުން މެކްސިކޯއަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަން ފަށާފައިވާއިރު ތަހުގީގު ކުރާ ޓީމުތަކުން ވަނީ އާގުބޯޓުގެ ކަޅު ފޮށި ނަގައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ