ޒަމް ޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްގެ ހަވާލުގައި އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެއެވެ.

ޒަމް ޒަމް ހައްޖު އެންޑް ގުރޫޕުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ރޯދަމަހު އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ރޭ ފަތިހު މަރުވެފައިވަނީ ހއ. ދިއްދޫ އަށް ނިސްބަތްވާ އިބްރާހިމް ރަޝީދު 58އ. ކަމަށެވެ.

އޭނާ އެ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔައީ މި މަހުގެ 20 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އޭނާއަކީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށާއި އޭނާ މަރުވީ އިއްޔެގެ ވަގުތެއްގައި އެ ބައްޔަށް މައްކާގެ ނޫރު ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.