އިންޑިއާ ކަނޑުގެ ސިފައިން ހައްޔަރުކުރި 35 ސޯމާލިއާ ޕައިރެޓުންގެ މައްޗަށް ދައުވާ ކުރުމަށް އެ މީހުން މުމްބާއީއަށް ގެންގޮސްފިއެވެ.
އިންޑިއާގެ ކަނޑުގެ ސިފައިން ހައްޔަރުކުރި އެ މީހުންނަކީ އަރަބި ކަނޑުގައި ދަތުރުކުރަމުންދިޔަ މަލްޓާއަށް ނިސްބަތްވާ ކާގޯ ބޯޓެއް ހައިޖެކް ކުރި ބައެކެވެ. އެ ބޯޓު ސަލާމަތް ކުރުމަށް އިންޑިއާގެ ކަނޑުގެ ސިފައިން މި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ޕައިރެޓުންނާ ކުރިމަތިލައި އެ ބޯޓު ވަނީ ސަލާމަތްކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ސޯމާލިއާގެ ޕައިރެޓުން މުމްބާއީއަށް ގެންގޮސްފައިވަނީ އިއްޔެއެވެ. އަދި އެ މީހުންގެ ތަހުގީގުކޮށް، ދައުވާކުރުމަށް އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ފުލުހުންނާ އެ މީހުން ހަވާލު ކުރާނެ ކަމަށް ބުނެއެވެ.
ޔަމަނުގެ ހޫތީން ރަތް ކަނޑުގައި ދަތުރުކުރާ ބޯޓުތަކަށް ހަމަލާ ދޭން ފެށުމާއެކު އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާ އިސްވެއޮވެ އުފައްދާފައިވާ ކޯލިޝަންގައި އިންޑިއާ ހިމެނޭއިރު އިންޑިއާގެ ކަނޑުގެ ސިފައިން ދަނީ އިންޑިއާ ކަނޑާއި ރަތް ކަނޑު ހިމެނޭ ސަރަހައްދު ބަލަހައްޓަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ