ސްރީ ލަންކާގެ ކަނޑުގެ ސިފައިން އިންޑިއާގެ މަސްވެރިން ހައްޔަރުކުރާތީ އެ ގައުމުގެ މަސްވެރިން މުޒާހަރާކުރަން ފަށައިފިއެވެ.
ލަންކާގެ ކަނޑުގެ ސިފައިން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވަނީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަގަށް ވަދެ، މަސްވެރިކަން ކުރި އިންޑިއާގެ ތިން މަސްބޯޓު ހިފަހައްޓައި، 32 މަސްވެރިން ހައްޔަރުކޮށްފައެވެ.
އެކަމާ ހިތްހަމަނުޖެހިގެން އިންޑިއާގެ ދަ ފިޝަމޭން އެސޯސިއޭޝަން އިން ވަނީ މުޒާހަރާކުރަން ފަށައިފައެވެ.
އެ އެސޯސިއޭޝަނުން ވަނީ އެ މަސްވެރިން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އަދި އެކަމުގައި އިންޑިއާ ސަރުކާރާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނުވަތަ ހާރިޖީ ވަޒީރު ބަހެއް ނުބުނާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.
ލަންކާގެ ކަނޑުގެ ސިފައިން ވަނީ މި އަހަރުގެ މިހާތަނަށް އިންޑިއާއަށް ނިސްބަތްވާ 23 މަސް ބޯޓު ހިފަހައްޓައި 178 މަސްވެރިން ހައްޔަރުކޮށް ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައެވެ. އެ އެންމެންގެ މައްޗަށް ދަނީ ތަހުގީގު ހިނގަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ