އިންޑިއާގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިދިކޮޅު އިސް ލީޑަރަކު ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައިވާ އިރު، އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
އަރްވިންދު ވެފައިވަނީ ބޮޑުވަޒީރު މޯދީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަދި މޯދީގެ ސަރުކާރާ އިދިކޮޅު މައި ލީޑަރެއްގެ ގޮތުގައެވެ.
އަރްވިންދު ހައްޔަރުކުރުމަށް ފަހު ވަނީ އޭނާގެ ގެ ރެއިޑް ކޮށްފައެވެ. އަދި އެގައުމުގެ ފެޑަރަލް ފައިނޭންޝަލް ކްރައިމްސް އެޖެންސީ އިން ވަނީ އެގެއިން ބައެއް ލިޔެކިއުންތައް ގެންގޮސްފައި މަށް އޮފިޝަލުން ބުނެއެވެ.
އިންތިހާބުގެ ފޯރި ގަދަވެފައިވަނިކޮށް އިދިކޮޅުގެ ލީޑަރަކު ހައްޔަރު ކުރުމުން އިންޑިއާގެ ސިޔާސީ މަޝްރަހަށް ވަނީ ބޮޑު ލޮޅުމެއް އަރައިފައެވެ.
އަރްވިންދު ނިސްބަތްވާ އާމް އާދްމީ ޕާޓީ އިން ވަނީ ސިޔާސީ ސަބަބުތަކަކަށް އަރްވިންދު ހައްޔަރުކުރުން ކުއްވެރިކޮށްފައެވެ. އެޕާޓީގެ ސަޕޯޓަރުން ވަނީ އަރްވިންދުގެ ގެ ހިމެނޭ ސަރަހައްދު ވަށާލައި އޭނާ ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ