އިންޑިއާގައި ކާރެއް ހެލިކޮޕްޓަރަކަށް ބަދަލުކުރި ދެބެން ޖޫރިމަނާކޮށްފިއެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްއަށް ނިސްބަތްވާ ދެބެން ކަމަށްވާ އިޝްވަރްދިން ޕްރަޖަޕަތީ އާއި އޭނާގެ ބޭބެ ޕަރްމެޝްވަރްދިން ޕަރަޖަޕަތީ، އެ މީހުން 100،000 ރުޕީސްއަށް ގަތް ކާރު ހެލިކޮޕްޓަރެއް ގޮތަށް ކާރުގެ ބައްޓަން ބަދަލުކުރީ ކައިވެނި ހަފުލާތަކުގައި ބޭނުންކުރުމަށް ކުއްޔަށް ދިނުމަށެވެ.

ނަމަވެސް ކާރަށް ބަދަލުތަކެއް ގެނެސްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ފުލުހުން ވަނީ 2،000 ރުޕީސް އިން ދެބެން ޖޫރިމަނާކޮށްފައެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު އިޝްވަރްދިން ޕްރަޖަޕަތީ އާއި ޕަރްމެޝްވަރްދިން ޕަރަޖަޕަތީ ވަނީ އެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ފެންނަ ގޮތައް އެ ކާރު ދައްކާލަށް ބަހައްޓަން ނިންމައިފައެވެ.