ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި އިންޑިއާގެ 32 މަސްވެރިޔަކު ލަންކާއިން ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި 32 މީހުން ހައްޔަރުކޮށްފައިވަނީ އެގައުމުގެ ނޭވީ އިން ބުދަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
އިންޑިއާއަށް ނިސްބަތްވާ ތިން މަސްބޯޓު ހިފަހައްޓައި، އޭގައި ތިބި އެންމެން ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ ނޭވީ އިން ބުނެފައިވެއެވެ.
ލަންކާގެ އުތުރުގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ބޯޓުގައި ތިބި އެންމެން ލަންކާގެ ފިޝަރީސް އިންސްޕެކްޓާސް އޮފް މަނާން އަދި މައިލަދީއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ނޭވީ އިން ބުނެއެވެ.
ސްރީލަންކާގެ ނޭވީ އިން ވަނީ މިއަހަރުގެ މިހާތަނަށް އިންޑިއާއަށް ނިސްބަތްވާ 23 މަސް ބޯޓާއި 178 މަސްވެރިން ލަންކާގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ