އީދު ނަމާދު 7:00 އަށް އަވަސްކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ގަރާރެއްގައި ބުނީ ރާއްޖޭގައި މިހާރު އީދު ނަމާދު ކުރަމުން އަންނަނީ ހެނދުނު 7:30 ގައި ކަމަށެވެ. ނަމަވެސް މިއަހަރުގެ ފިތުރު އީދު ނަމާދުން ފެށިގެން ދެން އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7 ޖަހާއިރު ކަމަށް ޝަހީމް ވިދާޅުވިއެވެ.
އީދު ނަމާދު އަވަސް ކުރަން ނިންމީ ރާއްޖޭގައި އީދު ނަމާދު ކުރަނީ، ހުސް ބިންތަކުގަ އާއި މައިދާންތަކުގައި ކަމަށްވާތީ އެ ޖަމާއަތަށް ހާޒިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި އަންހެނުންނާއި މުސްކުޅިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ފިތުރު އީދު ދުވަހުވެސް މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.
- މާފަންނު ސްޓޭޑިއަމް
- އިސްލާމީ މަރްކަޒު
- ކިންގް ސަލްމާން މިސްކިތް
- ވިލިމާލެ ފުޓްބޯޅަ ދަނޑު
- ހުޅުމާލެ ސިންތަޓިކް ޓްރެކް
- ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމް
އިސްލާމިކް މިނިސްޓްރީން ވަނީ، އީދު ނަމާދުކުރާ ތަންތަން ތައްޔާރުކުރުމުގައި އުޅޭ މީހުންނަށް ކެއުމާއި ސައި ހަމަޖައްސައިދޭނެ ބަޔަކާއި އީދު ނަމާދުގެ ސައުންޑް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މަހުގެ 10 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު