އިންޑިއާގައި އިމާރާތެއް ވެއްޓި 10 މީހުން މަރުވެއްޖެއެވެ.

އިންޑިއާގައި އިމާރާތް ކުރަމުން ދިޔަ އިމާރާތެއް ވެއްޓިފައިވަނީ ހޯމަ ދުވަހު އެގައުމުގެ އިރުމަތީ ވެސްޓް ބަންގާލް ސްޓޭޓުންނެވެ.

އޮފިޝަލުން ވަނީ އެހާދިސާގައި 10 މީހަކު މަރުވެފައިވާ ކަމަށާއި ގިނަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ބުނެފައެވެ. އަދި މީގެ އިތުރުން ބަޔަކު އިމާރާތުގެ ދަށުގައި ތާށިވުން އެކަށީގެން ވާތީ އެމީހުން ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ ނޫސްތަކުން ވަނީ ފަސް ބުރިޔަށް އިމާރާތް ކުރަމުންދިޔަ އެއިމާރާތް ހަދަމުން ދިޔައީ ސަލާމަތީ ކަންކަން ވަރަށް އަޅާނުލެވި ފަރުވާ ކުޑަކޮށް ކަމަށާއި އިމާރާތް ކުރުމުގައި ބޭނުން ކޮށްފައިވަނީ ކޮލިޓީ ދަށް ތަކެތި ކަމުން އެއިމާރާތް ވެއްޓުނީ ކަމަށް ރިޕޯޓު ކޮށްފައެވެ.

އިންޑިއާގެ ފުލުހުންނާއި ރެސްކިއު ޓީމުތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގު ކުރަން ފަށާފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.