ދުނިޔޭގެ އެންމެ ބޮޑު ބްލޫބެރީ އޮސްޓްރޭލިއާގެ ދަނޑުވެރިޔަކު ހައްދައިފިއެވެ.
އޮސްޓްރޭލިއާގެ ދަނޑުވެރިޔާ ހެއްދި ބްލޫބެރީގެ ބަރުދަނުގައި 20.4 ގްރާމް ހުރި އިރު، އެއީ އާންމުކޮށް ފެންނަ ބްލޫބެރީ އަށްވުރެން 10 ގުނަ ބޮޑު ބްލޫބެރީއެއް ކަމަށް އޮފިޝަލުން ބުނެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދަނޑުން ބިނދެފައިވާ އެ ބްލޫބެރީ ވަނީ ގިނަ ދުވަހަށް ބެހެއްޓުމަށް ފިނިކޮށްފައެވެ.
ވަށަ މިނުގައި ހަތަރު ސެންޓިމީޓަރު ހުންނަ އެ ބްލެކްބެރީ ވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ބްލެކްބެރީ ކަމުގައެވެ. މީގެ ކުރިން ހުޅަނދު އޮސްޓްރޭލިއާގައި ވެސް ބޮޑު ބްލޫބެރީ އެއް އެމަގާމު ހާސިލްކޮށްފައިވެއެވެ. އެ ބްލޫބެރީގެ ބަރުދަނުގައި 16.2 ކިލޯ ކުރި ކަމަށް އޮފިޝަލުން ބުނެއެވެ.
އޮސްްޓްރޭލިއާގެ ދަނޑުވެރިޔާ ބްރެޑް ހޮކިން ވަނީ އޭނާ ބޭނުންކުރާ މުޑުވަކަކީ އެމުޑުވަކުން އުފައްދާ މޭވާ އާދައިގެ މޭވާތަކަށްވުރެން ބޮޑުވާ މޭވާތަކެއް ކަމަށް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.
ބްރެޑް ހެެއްދި ބްލޫބެރީ ވަނީ ދުނިޔޭގެ ރެކޯޑްފޮތައްވެސް އަރައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ