ބާލީގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ދެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިޔާގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ބަލީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނީ ބުރާސްފަތި ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެ ހާދިސާގައި އޮސްޓްރޭލިއާއަށް ނިސްބަތްވާ ދެ ފަތުރުވެރިން މަރުވެފައިވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެމީހުން ތިބި ވިލާ އޮޔާ ގޮސް ވަޅުލެވިގެން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހާދިސާ ހިނގިވަގުތު އެ ސަރަހައްދުގައި ތިބި ގިނަ ފަތުރުވެރިން ތިބީ ނިދައިފައެވެ. އަދި އެ ހޮޓަލުގެ މުވައްޒަފުންގެ މަސައްކަތުން އެމީހުން ރައްކާތެރި ހިސާބަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެސްކިއު ޓީމުން ވަނީ މަރުވި ދެމީހުންގެ ހަށިގަނޑު ހޯދައި އެ އަވަށުގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސްފައެވެ، ނަމަވެސް ހޮސްޕިޓަަލަށް ގެންދެވުނު އިރުވެސް އެމީހުން މަރުވެފައިވާ ކަމަށް ރެސްކިއު ޓީމުން ބުނެފައިވެއެވެ.

މިދިޔަ ހަފުތާގައި އިންޑޮނޭޝިޔާގެ ސުމަޓްރާއިން ވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 27 މީހަކު މަރުވެފައިވެއެވެ.