ޖަޕާނުން ޖައްވަށް ފޮނުވާލި ރޮކެޓު އުދުއްސާލިތާ ފަސް ސިކުންތު ތެރޭ ގޮވައިފިއެވެ.
ޖަޕާނުގެ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ސްޕޭސް ވަން ކޯ އިން އުފެއްދި ފުރަތަމަ ރޮކެޓް "ކައިރޯސް" އެގައުމުގެ ކުޝިމޯޓޯ ސަރަހައްދުގައި ހުންނަ ލޯންޗިން ސްޓޭޝަނުން އުދުއްސާލުމާއެކު އިރުކޮޅެއްގެ ތެރޭ ވަނީ ގޮވައިފައެވެ.
އެކަމާ ގުޅޭގޮތުން އޮފިޝަލުން ބުނީ ރޮކެޓް ގޮވަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާ ކަމަށާއި އެ މައްސަލަ ހޯދުމަށް ދިރާސާ ކުރަން ފަށާފައިވާ ކަމަށެވެ.
ސްޕޭސް ވަން ކޯ އިން ނޫސްވެރިންނަށް މައުލޫމާތުދެމުން ވަނީ ރޮކެޓް ގޮވާފައިވަނީ އޭގައި ހަރުކޮށްފައި ހުރި އަމިއްލައަށް ގޮއްވާލުމުގެ ބާރު ލިބިފައިވާ ނިޒާމު އެކްޓިވޭޓް ވެގެން ކަމަށް ބުނެފައެވެ.
ރޮކެޓް އުދުއްސާލުމާއެކު އޭގެ އިންޖީނުން ކަމެއް ފާހަގަވި ކަމަށާއި އެކަމުގެ ތަފްސީލު ތަހުގީގަށްފަހު ހާމަކުރާނެ ކަމަށް އޮފިޝަލުން ބުންޏެވެ.
ސްޕޭސް ވަން ކޯ އިން ވަނީ އެ ކުންފުނިން ފުރަތަމަ ފޮނުވާލި ރޮކެޓް ގޮވި ނަމަވެސް އުންމީދު ކަނޑާނުލާނެ ކަމަށް ބުނެފައެވެ.
ދިގުމިނުގައި 18 މީޓަރު ހުންނަ އެ ރޮކެޓުގައި ޖައްވަށް ފޮނުވުމަށް ސެޓަލައިޓްތަކެއްވެސް ފޮނުވާލިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ