ތަހުގީގަށް ހައްޔަރުކޮށް އެތައް އަހަރެއް ވަންދެން ވާނުވާ ބަންދުގައި މީހުން ބައި ތިއްބާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ވާނުވާ މައްސަަލަ ހައްލުކުރުމަކީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެެރޭގައި ހިމެނޭ މުހިއްމު ކަމެއް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކެއް ގެނައުމުގެ ގާނޫނީ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންކަމުން ގާނޫނީ ހައްލެއް ތި މައްސަލައަށް ގެނެވޭނެ ގޮތްތަކަށް މަސައްކަތް ކުރަމުން މި ގެންދަނީ، އަދި ތަހުގީގު މަރުހަލާގެ ކަންތައްތައްވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރެވޭ، އިރާދަކުރެއްވިއްޔާ ވާނުވާގެ މައްސަލައަށް ވަަރަށް ރަނގަޅު ދާއިމީ ހަަލެއް ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު