ރާއްޖެ ގެނައި އަސްކަރީ ޑްރޯންތައް ޓެސްޓުކުރަން ފަށައިފިއެވެ.
ޑްރޯންތައް ޓެސްޓުކުރުން ކުރިއަށް ގެންގޮސްފައިވަނީ ނ. މާފަރުގައެވެ.
މާފަރުގައި ޑްރޯންތައް ޓެސްޓުކުރާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އޭވިއޭޝަން ދާއިރާގެ ހަބަރުތައް ގެނެސްދޭ "އެވިއޭޓާސް މޯލްޑިވްސް"އިން ވެސް ވަނީ ޑްރޯންތައް އުދުހޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ޓީމެއް ވެސް ދަނީ މާފަރުގައި ހަރަކާތްތެރިވަމުންނެވެ.
ރައީސް ޑރ. މުހަައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލެހެއްޓުމަށް، ތުރުކީގެ ކުންފުންޏަކުން ޑްރޯން ގަތުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އެ އެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެސްއީޒެޑް، އެމްއެންޑީއެފް ލައްވައި ބެލެހެއްޓުމަށް ބޭނުންވާ ވަރަށް ދިފާއީ ބާރު ވަރުގަދަކުރުން ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު