މިދިޔަ އާދީއްތަ ބަންޑުން ޖަހާލި އިންޑޮނޭޝިއާގެ ބޯޓުން ދަތުރުކުރި 11 މީހަކު ދިރިތިއްބާ ސަލާމަތްކޮށްފިއެވެ.
އޮފިޝަލުން ބުނާ ގޮތުން 35 މީހުންނާއެކު ޖަކާޓާއިން ފުރި އެ ބޯޓު ބަންޑުން ޖަހާލީ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ކަނޑުގަދަވުމުގެ ސަަބަބުންނެވެ.
ސުލާވެސީ ޕްރޮވިންސް ކައިރިއަށް ބޯޓު ބަންޑުން ޖަހާލުމާއެކު އޭގެން ދަތުރު ކުރި މީހުން ދެ ބަޔަކަށް ބެހި ދެ ސަރަހައްދަކަށް އޮޔާދިޔަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ބޯޓުން ދަތުރުކުރި 11 މީހަކު ފެނުނީ ބޯޓުގައި އެލިގަނެގެން ކަނޑުމަތީގައި ތިއްބައެވެ. އަދި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ