ޖަޕާނުގެ ކެމިކަލް ޓޭންކަކަށް ވެއްޓުނު ބުޅަލެއް ދޫވެ އެންމެން އެލާޓަށް ގެނެސްފިއެވެ.
ޖަޕާނުގެ ފުކުޔާމާ ސިޓީގައި ހުންނަ ނުރައްކާތެރި ކެމިކަލެއް އުފައްދާ ފެކްޓްރީގައި ހުންނަ ޓޭންކަކަށް ބުޅާ ވެއްޓުމަށްފަހު އެ ބުޅާ ހިނގާފައި ފެކްޓްރީން ނުކުމެގެން ދާތަން ސީސީޓީވީ ފުޓޭޖުން ފެނެއެވެ. ސީސީޓީވީ ފުޓޭޖު ބެލީ ފެކްޓްރީގައި މަސައްކަތް ކުރާ މީހަކަށް ރީނދޫ ކުލައިގެ ހުރި ބުޅަލުގެ ފިޔަވަޅުތަކެއް ފެނުމުން އެއީ ކެމިކަލްކަން ޔަގީންވެގެންނެވެ.
ފުކުޔާމާ ސިޓީގެ އޮފިޝަލުން ވަނީ އެ ބުޅާ ފެނިއްޖެ ނަމަ ރިޕޯޓު ކުރުމަށާއި އެ ބުޅަލާ އެއްވެސް މީހަކު ގާތް ނުވުމަށް އަންގައި އެލާޓެއް ނެރެފައެވެ.
ފުކުޔާމާ ސިޓީގެ ތިމާވެއްޓާބެހޭ އޮފިޝަލުން ބުނާ ގޮތުން، އެ ބުޅާ މިހާރު އޮންނާނީ މަރުވެފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންމެންވެސް ސަމާލުވުމަށް ވަނީ އެދިފައެވެ.
ފެކްޓްރީގެ އޮފިޝަލުން ބުނާ ގޮތުން، ބުޅާ ވެއްޓުނު ކެމިކަލަކީ ގައިގައި ޖެހުމުން ސިއްހީ ނުރައްކަލާއި ކުރިމަތިލާން ޖެހޭނެ ވައްތަރުގެ ކެމިކަލްއެކެވެ. އެގޮތުން ނޭވާލާ ނިޒާމަށް ނުރައްކާވުމުގެ އިތުރުން ލޯ އަނދިރި ވުމަށްވެސް މަގުފަހިވެދާނެ ކަމަށް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ