ގައުމީ، އެއާލައިން މޯލްޑިވިއަނުން އުދުހޭ ބައެއް މަންޒިލަތަކުގެ ޓިކެޓުގެ އަގު ހެޔޮކޮށްފިއެވެ.
މޯލްޑިވިއަން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އާ ފެއާތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މޯލްޑިވިއަނުން މިހާރު ދަތުރު ކުރާ 14 މަންޒިލަކަށް ޝެޑިއުލްގެ ތެރެއިން ވަކި ފްލައިޓުތަކުން އަގުހެޔޮކޮށް ޓިކެޓް ލިބޭނެ ކަމަށް ބުންޏެވެ.
- މާލެ-ކޫއްޑޫ: 1،111 ރުފިޔާ
- މާލެ-ކުޅުފުއްފުށި: 1،111 ރުފިޔާ
- މާލެ-ހަނިމާދޫ: 1،111 ރުފިޔާ
- މާލެ-ތިމަރަފުށި: 1،111 ރުފިޔާ
- މާލެ-ކައްދޫ: 1،055 ރުފިޔާ
- މާލެ-ފުނަދޫ: 1،055 ރުފިޔާ
- މާލެ-މާފަރު: 999 ރުފިޔާ
- މާލެ-އިފުރު :999 ރުފިޔާ
- މާލެ-ގަން: 1،222 ރުފިޔާ
- މާލެ-ފުވައްމުލަކު: 1،155 ރުފިޔާ
- މާލެ-މާވަރުލު: 1،133 ރުފިޔާ
- މާލެ-ފަރެސްމާތޮޑާ: 1،133 ރުފިޔާ
- މާލެ-ހޯރަފުށި: 1،133 ރުފިޔާ
- މާލެ-ކާޑެއްދޫ: 1،333 ރުފިޔާ
މޯލްޑިވިއަނުން ބުނީ އެ އަގުތަކުގައި މޯލްޑިވިއަންގެ ވެބްސައިޓުންނާއި މޯލްޑިވިއަން އޮފީސް މެދުވެރިކޮށްވެސް ޓިކެޓް ބުކް ކުރެވެން ހުންނާނެ ކަމަށެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި